މިއަދު އަޅުގަނޑުމެން ލޯހުޅުވާލި ކޮންމެ ދިމާއަކުން ފެންނަނީ ޤައުމުގެ އިޖުތިމާއީ ފޭރާން ވީދި ހަފުސްވަމުންދާ މަންޒަރެވެ. ރަށްރަށުގެ ތަރައްޤީގެ ދުވެލި ބާރުކޮށްލާނަމޭ ހިތާ ގިޔަރު މައްޗަށްޖައްސާލާ ކޮންމެފަހަރަކު ޤައުމުގެ އަސާސީ ގުނަވަންތައް ބިންދަ ބިންދައިގެން ދާ މަންޒަރެވެ. ވެރި ކަމުގެ އެންމެ މަތީ ފަންތީންފެށިގެން ގޮސް އެންމެ ދަށުފަންތިއާއި ހަމަޔަށްވެސް ކަންހުރީ މިބީދައިންނެވެ. އާދެ! އަޅުގަނޑުމެން މިބީދައިން ބަސްބުނާއިރު އެންމެގާތުން ފެންނަ ހުރި މަންޒަރަކީ...

ކިޔުމަށް

ދިވެހި ކުޅިވަރާއި ނޫސްވެރިކަމުގެ އިތުރުން ދައުލަތަށް ވެސް ގިނަ ދުވަހު ހިދުމަތް ކުރެއްވި، ނިޝާން އިއްޒުއްދީނުގެ ޝަރަފްވެރި ވެރިޔާ މަރުހޫމް ޒާހިރު ނަސީރުގެ ހަނދާނުގައި ބޭއްވި ތައުޒިޔާ ފޮތުގައި ސޮއި ކުރުމަށް މިއަދު ހެނދުނު ހަތަކުން ފެށިގެން މިރޭގެ އަށެއް ޖެހުމާއި ހަމައަށް ހުޅުވާލި ފުރުސަތުގައި ގިނަ ފަރާތްތަކަކުން ސޮއިކޮށްފިއެވެ. ތައުޒިޔާ ފޮތުގައި ސޮއި ކުރުން ކުރިއަށް ގެންގޮސްފައިވަނީ ހ. ބޯޅަގެ އާއި ޒުވާނުންގެ މަރުކަޒުގައެވެ.

ކިޔުމަށް

މާލޭއަށް ދިމާވަމުން އަންނަ ފެން ބޮޑުވުމުގެ މައްލަސަ އަށް ހައްލެއް އަންނާނެ ދުވަހަކީ މާލޭ ގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްވެސް ދެކެން ބޭނުންވާނެ ދުވަހެކެވެ. ކުރިއަށް އޮތީ ވިއްސާރަ މޫސުންކަމުން މި މައްސަލައަށް ހައްލެއް ނާންނަ ނަމަ މާލޭގައި ދިރުއުޅޭ ރައްޔިތުން އެތަކެއް ދަތި ތަކަކާއި ކުރިމަތިލާންޖެހޭނެއެވެ. މާލޭގައި ދިރިއުލޭ ބައެއް ފަރާތްތަކާއި ވާހަކަ ދައްކާލުމުންވެސް އެނގިގެން ދަނީ މިހާރު އެބޭފުޅުންގެ އެންމެ ބޮޑު...

ކިޔުމަށް

ލެޓިއުސް އަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު އެއްޗެކެވެ. މިގޮތުން ލެޓިއުސް ފަދަ ފެހިކަން ގަދަ ފައިދާހުރި ގިނަ ބާވަތްތަށް ދިވެހިންގެ ތެރޭގައި ބޭނުންކުރުން މިއަދު މިވަނީ އާންމު ވެފައެވެ. ދިވެހިންނަކީ އަބަދުވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާ ބައެވެކެވެ. މިއަދު ދުވަހުގެ ރެސިޕީގެ ގޮތުގައި މި ގެނެސްދެނީ "ގްސީން ސެލެޑް" އެވެ. ބޭނުންވާ ތަކެތި: 1 ބޮނޑި...

ކިޔުމަށް

ގުޅުމެއް ދެމި އޮތުމުގެ އެންމެ ބޮޑު އަސްލަކީ ދެފަރާތުގެ ދެމެދުގައި އޮންނަންވާ އިތުބާރު ދެއޮތުމެވެ. ނުވަތަ އެމީހެއްގެ ތެދުވެރި ކަމެކެވެ. އިތުބާރާއި ނުލައި އެއްވެސް ގުޅުމެއް ކުރިޔާށް ނުދާނެކަމީ ކޮންމެ ބޭފުޅާކުވެސް ގަބޫލުކުރާނޭ ކަމެކެވެ. މުއާމަލާތް ކުރުމަކީ ދެފަރާތުގެ ދެމެދުގައި އިތުބާރު ގާއިމް ކުރުމުގައި ބޮޑު ދައުރެއް އަދާކުރާ ކަންތަކެވެ. މައްސަލައެއް ޖެހުމުން އެކަމެއް ހައްލުކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ ދެފަރާތުގެ ދެމެދުގައި މަޑުމައިތިރި...

ކިޔުމަށް

ދިރިއުޅުމަކީ  މިއީބާގެ އެޕިސޯޑް ތައް މި ރަމްޟާންމަހު ޗެނަލް 13އިން  ގެނެސްދިނުމަށް ހަމަޖައްސައިފިއެވެ. މިކަމަށްޓަކައި ބްލޫބޭގައި ބޭއްވި  ރަސްމިއްޔާތެއްގައި ދެ އެއްބަސްވުމެއްގައި  ވަނީ ސޮއިކޮށްފައެވެ. އެގޮތުން ދިރިއުޅުމަކީ މިއީބާ ޗެނަލް ތޭރައިން ދެއްކުމުގެ އެއްބަސް ވުމުގައި ސޮއި ކުރައްވާފައިވަނީ ސްޓޭޝަން މެނޭޖަރ މުހައްމަދު ނިޔާޒް އާއި އަދި ދިރިއުޅުމަކީ މިއީބާގެ ޕްރޮޑިއުސަރ ޔޫސުފް...

ކިޔުމަށް

މާރާމާރީއެއް ހިންގައި ދެ ޒުވާނަކު ޒަހަމް ކޮށްލައިފިއެވެ. ބުރާސްފަތި ދުވަހުގެ ރޭގަނޑު ހިންގި މާރާމާރީ ހިނގާފައިވަނީ ހެންވޭރު ދަނޑު ކައިރިން ނެވެ. މަންޒަރު ދުށް މީހަކު އެންޑީއަށް ކިޔައިދިން ގޮތުގައި މާރާމާރީ ހިންގާފައި ވަނީ ސައިކަލުގައި އައި ތިން މީހެކެވެ. އެ ތިން މީހުން ސައިކަލުން ފޭބުމަށްފަހު އެސަރަހައްދުގައި ހުރި މީހެއްގެ ގައިގައި ތަޅައިގަނެ މާރާމާރީ ހިންގާފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. ފުލުހުން...

ކިޔުމަށް

ލުނބޮޔަކީ ދިވެހިންނަށް ވަރަށް ފަސޭހައިން ލިބޭ އެއްޗެކެވެ. މިގޮތުން ކެއުމުގައި ލުނބޮޔަކީ ދިވެހިން ވަރަށް އާންމުކޮށް ބޭނުންކުރާ އެޗެކެވެ. ލުނބޯ ކެއުމަށް ބޭނުން ކުރާއިރު ލުނބޮއިން ޕުޑިން ވެސް އެޅެއެވެ. މިއަދު ދުވަހުގެ ރެސިޕީގެ ގޮތުގައި މި ގެނެސްދެނީ ލެމަން ޕުޑިން އަޅާނެ ގޮތެވެ. ބޭނުންވާ ތަކެތި: 60 ގުރާމު ބަޓަރު/މާޖިރީން 1 ލުނބޯ (ތޮށި ނަގާފައި)

ކިޔުމަށް

އަޅުގަނޑުމެން މުސްލިމުން ދެބަސް ނުވާނެ ފަދައިން ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. މިކަން އަޅުގަނޑުމެނަށް އެނގިގެން ދަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުންނެވެ. އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވާ މި ޙަދީޘްފުޅުން ދޭހަވާ މާނައަށް ބަލައިލާއިރު މިޙަދީޘްގައި ވަނީ ""ތުއްތު ކުއްޖާ މި ދުނިޔެމައްޗަށް އުފަންވަނީ ފިޠުރަތުގެ ސާފު ގޮތްމަތީއެވެ. އެ ކުއްޖާ ޔަހޫދީއަކަށްވެސް ނަޞާރާއަކަށްވެސް މަޖޫސީއަކަށްވެސް ހަދަނީ އެކުއްޖާގެ މައިން...

ކިޔުމަށް

ރާއްޖޭގައި ބާރު މިނެއްގައި ފެތުރެމުން އަންނަ ޑެންގޫ ހުން ޖެހިގެން މިއަދު މެންދުރު އައިޖީއެމްއެޗް ގައި ހަތް މަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ.  ނޫނު ޑެއިލީއަސް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ މާލެ ގެނެސްފައިވަނީ ފާފު އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ހޯދުމަށް ކަމުގައެވެ. މި ކުއްޖާ އައިޖީއެންއެޗް އަށް ގެނެސްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މާލެ ގެނައިއިރުވެސް...

ކިޔުމަށް
Page 1 of 4