ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން ރާއްޖެ އައީ ގިނަގުނަ ފިއްތުން ތަކެއްގެ ތެރޭގައެވެ. އޭރުގެ ސަރުކާރުން ސީދާ ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅިއެވެ. ރައްޔިތުންގެ އެތައް މިނިވަންކަމެއް ނިގުޅައިގަތެވެ. ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅިއެވެ. މިފަދަ ހާލަތެއްގައި ދިވެހި ރާއްޖެ ވަނިކޮށް 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުޙައްމަދު...

ކިޔުމަށް

ލާމަރުކަޒުކޮށް ރާއްޖެ ހިންގުމަކީ ރާއްޖެއަށް އަބަދުވެސް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ގިނަބަޔަކު ބުނަމުންއަންނަނީ އިއްޔެއަކު މިއަދަކު ނޫނެވެ. މީގެ ކުރިން 1980 ގެ ފަހުކޮޅުން ފެށިގެން ލާމަރުކަޒުކުރުމުގެ ވާހަކަތައް ތުންތުންމަތިން ދެއްކެވެމުންދެއެވެ. ލާމަރުކަޒީރާއްޖެ އެއްގެނައުމަށް އެމްޑީޕީ އުފެދުނު ދުވަހުން ފެށިގެންވެސް ބުނަމުންދިޔައެވެ. އެމްޑީޕީން ހިތްވަރާއެކު ކުރި މިންނަތް މަސައްކަތުން 2008 ވަނަ އަހަރު ރިޔާސީ އިންތިހާބު...

ކިޔުމަށް

ކަމެއް ނުބައިކޮށް ކުރެވުމުން އެއިން ފިލާވަޅެއްލިބި، ދެންކުރާ ކަންކަމުގައި އެފަދަ ކުށެއް ތަކުރާރު ނުވާނޭހެން ފިޔަވަޅު އެޅުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ނަމަވެސް ނ. ވެލިދޫ ކުނިކޮށީގެ މައްސަލައިގައި ފެނިގެން މިދަނީ މުޅިން ތަފާތު މަންޒަރެކެވެ. ބައެއް ރައްޔިތުން ބުނާ ގޮތުން ވެލިދޫ ކުނިކޮށި އާޓިފިޝަލް ބީޗު އިރުދެކުނަށް ބަދަލުކުރުމަކީ ވެލިދޫ ކައުންސިލުން ކުރި "އުނބަށް ޖެހުން" ކަހަލަ ކަމެކެވެ. ސަބަބަކީ އަލަށް ގާއިމުކުރި...

ކިޔުމަށް

ރަށުގައި ގާއިމުކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރުތީބުކުރާނަމަ ބޭންކެއްގެ ހިދުމަތަކީ ނ. ވެލިދޫ ރައްޔިތުން އަބަދު ވެސް އެދިގެން ތިބި މުހިއްމު ހިދުމަތަކެވެ. އަތޮޅުގެ އެންމެ އާބާދީ ބޮޑު، ތަފާތު އެންމެ ގިނަ ވިޔަފާރި ހަރަކާތްތައް ހިންގާ އެއްރަށަކީ ވެލިދޫ އެވެ. މި ނ. އަތޮޅުގައި ބޭންކެއްގެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ރަށަކީ ވެލިދޫ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހިދުމަތް ވެލިދޫ އަށް...

ކިޔުމަށް

ނަމާދުން ފައިބައިގެން މަޑުކޮށްލައިގެންހުރީ ތައްޚާނުބޭ އާއި ދިމާނުވާތާ ގިނަދުވަސް ވީމަ އެވެ. ތައްޚާނުބެ ނަމާދުންފޭބި ގޮތަށް އަހަރެންނާދިމާލަށް އަތުވެއްޖެ އެވެ. ދިމާނުވެ ގިނަދުވަސް ވީމާ ތައްޚާނުބެ ހުރީ ވަރަށް އުފަލުންނެވެ. ތައްޚާނުބެ އަހަރެންނާ ސަލާންކޮށްލި އެވެ. އަދި އަތުގައި ހިފައިގެން ހޮޅުއަށްޓާ ދިމާލަށް ހިނގަންފެށި އެވެ. "މިރާއްޖޭގައި މިހާރު ޖީސީ ހަދާކުދިންނަށް ލިޔަންކިޔަން ނޭންގޭ ނޫންހޭ" ހިތްތަމަ ނުޖެހިފަ ހުރެ ތައްޚާނުބެ ބުންޏެވެ. ތައްޚާނުބޭގެ...

ކިޔުމަށް

އާންމު އުސޫލާ ހިލާފަށް އިއްޔެ ހަވީރު 4:00 ޖެހިއިރު ނ. ވެލިދޫ މަސްޖިދުލް އަދާލަތު ސަރަހައްދު އޮތީ ތޮށްޖެހިފަ އެވެ. ވެލިދޫ ގަބަރުސްތާނު ވެސް ހިމެނޭ އެ ސަރަހައްދަށް މީހުން އެއްވީ މީހަކު ނިޔާވެގެން މޫނު ބަލާކަށް ނޫނެވެ. އެތަނަށް މީހުން ޖަމާވީ އަލަށް ހުޅުވާ ހިނަވާގެ ބަލާލާށެވެ. މިއީ އަލަށް ހުޅުވި ހިނަވާގެއާ އެކު މީހަކު ނިޔާވެއްޖެނަމަ ދެން އެ ސަރަހައްދު ފެންނާނެ ގޮތުގެ...

ކިޔުމަށް

  ނ. ވެލިދޫގެ  ހިއްކި ސަރަހައްދު މަލަމަތިން ފެންނަ ފިތުރޯނު ގަސްތައް ހަމަ ފެންނަ ކޮންމެ ފަހަރަކު ހިތަށް އުފާވެރިކަން އިހުސާސްކުރެވެ އެވެ. އެ ގަސްތަކުން އެތައް ބަޔަކު ހިޔާ ހޯދަ އެވެ. އެތައް ބަޔެއްގެ ހަނދާންތަކުގައި އެ ގަަސްތައް ރައްކާ ކޮށްފި އެވެ. އެތައް ފޮޓޯއަކުން އެގަސްތައް ޖާގަ ހޯދައިފި އެވެ. ދީނީ ދަރުސްތަކާއި ތަފާތު އެކި ހަރަކާތްތައް އެގަސްތަކުގެ ނިވަލުގައި ބާއްވައިފި އެވެ....

ކިޔުމަށް

ނ. ވެލިދޫގައި މިއަހަރު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރީ ވަރަށް ކުލަގަކޮށެވެ. އަދި ދަރިވަރުންނާއި ބެލެވެރިން ހަނގާކުރުމާ ދެކޮޅަށް ވެސް ވަނީ ހަރަކާތްތަކެއް ހިންގާފަ އެވެ. ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ފުރަތަމަ ފަށާފައި ވަނީ ބުރާސްފަތި ދުވަހު އެވެ. އެދުވަހު ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހާޒިރުވެފައި ވަނީ ކުލަ ހެދުމުގަ...

ކިޔުމަށް

ނ. ވެލިދޫ ކައުންސިލުން ވަނީ ގާޑިޔާ ވިޔަފާރި ކުރުމަށް  ފަސް ގާޑިޔާއެއް ބެހެއްޓުމަށް އެކި ސަރަހައްދުން ހުއްދަ ދީފަ އެވެ. ނަމަވެސް އަދި ގާޑިޔާ ނިންމާ ހިދުމަތްދޭން ފަށާފައިވަނީ ކުޑަކުދިންގެ ބަގީޗާ ސަރަހައްދުން ދިން ގާޑިޔާ އެކަންޏެވެ. އެތަނުގެ ހިދުމަތާ އެކު ބަނދަރު މައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިން ނަމަވެސް މިހާރު އަޑުއިވެނީ މުޅިން އެހެން ޝަކުވާތަކެއްގެ ވާހަކަ އެވެ. "ވެލިދޫ ކައުންސިލުން...

ކިޔުމަށް

"މިހާރު ވެސް މިތަނުން އައިސް ކްރީމާއި ތަފާތު ވައްތަރުގެ ބުއިންތައް ލިބޭނެ. އަދި އެކިވައްތަރުގެ ހެދިކާ އާއި ކޮފީވެސް ލިބޭނެ،" ނ. ވެލިދޫ ބަނދަރުގައި އަލަށް ހުޅުވި ގާޑިޔާ ނުރަސްމީކޮށް ހުޅުވާލި ގަޑީގައި އެތަނަށް ދިއުމުން ގާޑިޔާގެ ވެރިފަރާތް އާމިރު އަބްދުއް ރަހުމާން ބުންޏެވެ. ވެލިދޫ ކައުންސިލުން ވަނީ ގާޑިޔާ ވިޔަފާރި ކުރުމަށް...

ކިޔުމަށް
Page 1 of 11