# ނޫނު ޑެއިލީގެ ލިޔުންތައް


ނ. ވެލިދޫ ކައުންސިލް މެދުވެރިކޮށް، ވެލިދޫގެ ވިޔަފާރިވެރިންނަށް ކުންފުނިތަކަށް ބޭނުންވާނެ ގިނަ ހިދުމަތްތަކެއް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ ވެލިދޫ ސްކޫލް ރިހިމާޅާމުގައި ވިޔަފާރިވެރިންނަށް ހާއްސަކޮށް، ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވީ ވެލިދޫ ކައުންސިލް މެދުވެރިކޮށް ކުންފުނި ރަޖިސްޓްރީ ކުރުމާއި، ސީލް ރަޖިސްޓްރީ ކުރުމުގެ އިތުރަށް ވިޔަފާރިތަކަށް ބޭނުންވާނެ ބައެއް އަސާސީ ހިދުމަތްތައް...

ކިޔުމަށް

ނ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ވެލިދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު، ބަނދަރުގައި ހިމެނޭ ކަނޑުތޮށި ފެހި ކުރުމަށް ވެލިދޫ ކައުންސިލުން އެދިގެން ރެސްޓް ބްލޮކްސް ޕްރައިވެޓް ލިމިޓެޑް ( އާރްބީ) އިން އެހީ ވެދީފި އެވެ. އާރްބީން ބުނީ ކަނޑު ތޮށި ފެހިކުރުމުގެ ގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ރުއް ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން...

ކިޔުމަށް

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގާއިރު، މަސީހް މަޖިލީހުގައި ބެހެއްޓުމަށް ވޯޓު ދެއްވުމަކީ އެމެމްބަރެއްގެ އަމިއްލަ ނަފްސަށާއި އަދި އެމެމްބަރެއްގެ ރައްޔިތުންނަށާއި މުޅި ގައުމަށް ދެވޭ އަނިޔާއެއް ކަމަށް ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިރޭ ވިދާޅުވެއްޖެ އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓްލާން ޖެހޭ ކަމަށާއި "ޗިސްޗިސްކޮށްލިޔަސް، ފިސްފިސްކޮށްލިޔަސް،...

ކިޔުމަށް

އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް އެއް ފަހަރާ 271 މިލިއަން ޑޮލަރު ދައްކަން ޖެހުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ދާތީ ކުންފުންޏަށް ގޮންޖެހުންތަކެއް އެބަ ހުރި ކަމަށާއި ކުންފުނީގެ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެއާޕޯޓް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު، އާދިލް މޫސާ ވިދާޅުވެއްޖެ އެވެ.

އެމްއޭސީއެލްގެ އެންމެ ފާހަގަ ކޮށްލެވޭ މުވައްޒަފުންނަށް ދޭ، އެމްޑީގެ ހާއްސަ އެވޯޑް ދިނުމަށް...

ކިޔުމަށް

ދިރާގުގެ 4ޖީ އެލްޓީއީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ފަށައިފި އެވެ. މިހާރުވެސް އެންމެ ފުޅާ ދާއިރާއެއްގައި 4ޖީ ނެޓްވޯކް ދޭ މުއާސަލާތީ ކުންފުންޏަކީ ދިރާގެވެ.

ދިރާގުން ބުނީ މި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް ހޯދުމަށް އެންމެ ފުންނާބު އުސް ދެކުންފުންޏަކާއި އެކު މިހާރު އެއްބަސްވެފައިވާ ކަމަށެވެ. ދިރާގުން މިހާރުވެސް ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް 4ޖީ އެލްޓީއީގެ ހިދުމަތް ފޯރުކޮށްދެ...

ކިޔުމަށް

އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ގުބާދު އަބޫބަކުރު އެ މަގާމުން ރައީސް އަބްދުﷲ ޔާމީން މިއަދު ވަކިކުރައްވައިފި އެވެ.

ގުބާދު އޮންލައިން ނޫސް، "މިހާރު" އަށް ވިދާޅުވީ މަގާމުން ވަކިކުރެއްވިކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އެކަމަކު އޭގެ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުބާދު ވިދާޅުވީ މަގާމުން ވަކިކުރެއްވީ އޭނާ ޕީއެޗް.ޑީ ނިންމެވިތާ ގާތްގަނޑަކަށް ފަސް ދުވަސް...

ކިޔުމަށް

ދިވެހި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ވިސާ ހައްދާ އިރު، ހަދާ މެޑިކަލް އަގުބޮޑުކޮށް ހަމައެކަނި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އެކަންކުރެވޭނެ އިންތިޒާމު އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ނެރުނު ކުރު ބަޔާނެއްގައި ބުނީ ބިދޭސީންގެ ވިސާ ހެދުމަށް އޭޑީކޭ އިން ހަދާ އެއްވެސް މެޑިކަލް ރިޕޯޓެއް މާދަމާ އިން ފެށިގެން އެ ޑިޕާޓްމަންޓުން ގަބޫލު ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް އެ ބަޔާނުގައި އެގޮތަށް...

ކިޔުމަށް

ނޫސްވެރިންނަށާއި މީޑިއާތަކަށް ސަރުކާރުން ކުރިމަތިކުރަމުންދާ ގޮންޖެހުންތައް ހުއްޓާލައި، މިނިވަންކަމާ އެކު ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ގިނަ އަދަދެއްގެ ނޫސްވެރިންގެ މައްޗަށް ތަހުގީގު ހިންގާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިނިވަން ނޫސްވެރިކަމަކަށް ފުރުސަތު ދިނުމަކީ ސަރުކާރު ޒިންމާދާރު ކުރުވައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ބާރު އެޅުމުގައި އެންމެ މުހިންމު އެއް...

ކިޔުމަށް

އިންޑިއާގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ޝަހުސިއްޔަތު ކަމަށްވާ ޓަމިލް ނާޑޫ ސްޓޭޓުގެ ޗީފް މިނިސްޓަރު ޖަޔަރާމް ޖަޔަލަލިތާ އަށް ރޭ ޖެހުނު ހާޓް އެޓޭކާ ގުޅިގެން އެކަމަނާ އަށް ފަރުވާ ދެމުން ދަނިކޮށް އަވަހާރަވެއްޖެ ކަމަށް އެޕޯލޯ ހޮސްޕިޓަލުން ދެންމެ ބުނެފި އެވެ.

ޖަޔަލަލިތާ އަވަހާރަވިކަން ހޮސްޕިޓަލުން ޔަގީންކޮށްދީފައި މި ވަނީ އެކަމަނާގެ ހާލު ވަރަށް ނާޒުކު ކަމަށް ހޮސްޕިޓަލުން ބުނެފައި...

ކިޔުމަށް

ރާއްޖޭގެ ޝަރުއީ ދާއިރާ ޒަމާނީކޮށްފައިވާ ކަމަށާއި އެއީ މިހާރު މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ ނިޒާމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. ވިޔަފާރި އަށް ފަހި މާހައުލެއް ގާއިމްކުރަން ޝަރުއީ ދާއިރާއާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ބާއްވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވިޔަފާރީގެ މާހައުލު...

ކިޔުމަށް
Page 1 of 37